Bank of Maldives is pleased to announce the recipients of the BML Scholarship Fund 2024. The recipients are:
1. Reesham Mohamed
2. Noorhaan Mohamed Moosa
3. Aishath Shara Naseer
The BML Scholarship Fund is a fully funded merit-based program that enables outstanding students to pursue undergraduate degrees in banking and finance-related fields at the top 200 universities worldwide. The scholarship underscores BML’s commitment to fostering talent and building capacity within the Maldives' banking and finance sector.
Commenting on the announcement, BML CEO and Managing Director, Mohamed Shareef said "Congratulations to the recipients of this year’s scholarship. At BML, we believe in investing in the aspirations of young talented individuals who will shape the future of our nation. These scholarships represent not only an opportunity for personal growth but also a pathway to strengthening the banking and finance industry in the Maldives."
Since its inception in 2022, the BML Scholarship Fund has supported six students who are currently pursuing their studies in leading institutions across the UK and Australia.
ބީއެމްއެލް ސްކޮލާޝިޕް ފަންޑް 2024 ގެ ދަށުން މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ލިބޭ ދަރިވަރުން ބޭންކް އޮފް މޯލްޑިވްސް އިން ހޮވައިފިއެވެ. މި ދަރިވަރުންނަކީ:
1. ރީޝަމް މުޙައްމަދު
2. ނޫރްހާން މުޙައްމަދު މޫސާ
3. ޢާއިޝަތު ޝަރާ ނަޞީރު
މި ސްކޮލާޝިޕަކީ ތައުލީމީ ގޮތުން އެންމެ މަތީ ނަތީޖާ ހޯދާފައިވާ، ދިވެހިރާއްޖޭގެ ބޭންކިންގ އަދި މާލީ ދާއިރާ ހަރުދަނާކޮށް ތަރައްގީކުރުމުގެ ޝައުގުވެރިކަން ހުރި ދަރިވަރުންނަށް ދުނިޔޭގެ އެންމެ މަތީ 200 ޔުނިވާސިޓީއަކުން ބޭންކިންގ އެންޑް ފައިނޭންސްގެ ރޮނގުން ބޭނުންވާ ކޮންމެ އަންޑަރ ގްރެޖުއޭޓް ޕްރޮގްރާމެއް ފުރިހަމަކުރުމަށް ހުރިހާ ހަރަދެއް ބޭންކުން ހަމަޖައްސައިދޭ ސްކޮލާޝިޕެކެވެ.
ދަރިވަރުންނަށް ސްކޮލާޝިޕް ދިނުމާ ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފު ވިދާޅުވީ "މި އަހަރު ސްކޮލާޝިޕް ހާސިލުކުރި ދަރިވަރުންނަށް މަރުހަބާ ދަންނަވަން. މި ގައުމުގެ މުސްތަގުބަލު ބައްޓަންކުރާނެ ތައުލީމީ، ގާބިލު ޒުވާނުންނަށް އިންވެސްޓް ކުރުމަށް ބީއެމްއެލް އިން ނުހަނު ބޮޑު އިސްކަމެއް ދެން. މި ސްކޮލާޝިޕްތަކަކީ ހަމައެކަނި ދަރިވަރުންގެ ފަރުދީ ކުރިއެރުމަށް ލިބޭ ފުރުސަތެއްގެ އިތުރުން މިއީ ރާއްޖޭގެ ބޭންކިންގ އަދި ފައިނޭންސް ދާއިރާ ހަރުދަނާ ކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއްވެސްމެ."
2022 ވަނަ އަހަރު ތައާރަފްކުރި ބީއެމްއެލް ސްކޮލާޝިޕްގެ ދަށުން މިހާތަނަށް ހޮވުނު 6 ދަރިވަރުން އަންނަނީ އިނގިރޭސިވިލާތާއި އޮސްޓްރޭލިއާގެ އެންމެ މަތީ ފަންތީގެ ޔުނިވާސިޓީތަކުގައި ތައުލީމު ހާސިލުކުރަމުންނެވެ.
24 ޑިސެންބަރު 2024