Bank of Maldives has today announced changes to its card limits for foreign transactions. These changes are effective immediately and are in response to the escalating usage of foreign currency spend on cards and the static sale of foreign currency to the Bank.
The changes announced are as follows:
Bank of Maldives CEO and Managing Director Karl Stumke commented, “The Bank has been monitoring card usage over the past year, and I have reiterated in numerous speeches and interviews that the Bank can only sell what it has been able to purchase.
“This year we have purchased approximately USD 60 million in foreign currency from our customers, but card usage is threefold higher than that. The card usage impacts our ability to provide foreign currency support to our business customers and we have this anomaly where the Bank provides 75% less foreign currency to the economic sector than we do for discretionary spend on cards dominated by travel and online shopping. We have to get the mix correct and ensure we are not squandering a scarce resource.”
Karl continued, “We have an obligation to protect our depositors and therefore cannot continue to sell more than we are able to purchase. Customers using their USD credit cards and / or debit cards linked to USD accounts are unaffected and are free to use up to the available account balance. Customers that have recurring international payments are recommended to have USD accounts as their debit cards’ primary account to process overseas purchases. Opening an account with us is simple - in just a few simple steps, customers can open a USD account instantly on Internet or Mobile Banking, without having to visit a branch.”
He further added “We understand that the changes announced today will have a significant impact on our customers. We do expect this to be a temporary change and we will review this from time to time and keep our customers informed of any changes. We have not taken this decision lightly but have been compelled to take action to ensure we can continue to provide the necessary support for essential economic activities.”
ބޭންކް އޮފް މޯލްޑިވްސް އިން ދޫކޮށްފައިވާ ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްކުރެވޭ ލިމިޓްތަކަށް މިއަދު އެ ބޭންކުން ބަދަލު ގެނެސްފިއެވެ. މި ގެނެވުނު ބަދަލުތަކަށް ވަގުތުން ފެށިގެން އަމަލުކުރުމަށް ވަނީ ހަމަޖެހިފައެވެ. ބޭންކުން މި ބަދަލު ގެނެސްފައިވަނީ ކާޑުން ކުރެވޭ ބޭރުގެ މުއާމަލާތްތަކުގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުންދިޔަ ނަމަވެސް ބޭންކަށް ގަންނަން ލިބޭ ބޭރު ފައިސާގެ އަދަދު އެއް މިންވަރެއްގައި ހިފެހެއްޓިފައިވާތީއެވެ.
ކާޑު ލިމިޓްތަކަށް ގެނެވުނު ބަދަލުތައް ތިރީގައި މިވަނީއެވެ.
• މިހާރު ދޫކޮށްފައިވާ ޑެބިޓް ކާޑުތައް: ކާޑުގެ ޕްރައިމަރީ އެކައުންޓް ރުފިޔާ އެކައުންޓުގެ ގޮތުގައި ކަނޑައަޅާފައިވާނަމަ ރާއްޖޭން ބޭރުގެ މުއާމަލާތްކުރުމަށް އެއްވެސް އަދަދެއް ނުލިބޭނެ.
• މިއަދުން ފެށިގެން އަލަށް ދޫކުރާ ޑެބިޓް އަދި ކްރެޑިޓް ކާޑުތައް: ކާޑުގެ ޕްރައިމަރީ އެކައުންޓް ރުފިޔާ އެކައުންޓުގެ ގޮތުގައި ކަނޑައަޅާފައިވާނަމަ ރާއްޖޭން ބޭރުގެ މުއާމަލާތްކުރުމަށް އެއްވެސް އަދަދެއް ނުލިބޭނެ.
• މިހާރު ދޫކޮށްފައިވާ ސްޓޭންޑަރޑް އަދި ގޯލްޑް ކްރެޑިޓް ކާޑުތައް: މަހެއްގެ މައްޗަށް ކުރެވޭ ރާއްޖޭން ބޭރުގެ މުއާމަލާތްތައް 100 ޑޮލަރަށް ދަށްކުރުން.
މި ބަދަލާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އެންޑް މެނޭޖިންގ ޑައިރެކްޓަރ، ކާރލް ސްޓުމްކަ ވިދާޅުވީ "މިވޭތުވެ ދިޔަ އަހަރެއްހާ ދުވަހު ބޭންކުން އައީ ކާޑުން ކުރެވޭ ރާއްޖޭން ބޭރުގެ މުއާމަލާތްތަކުގެ އަދަދު ނުހަނު ގާތުން ބަލަމުން. އަޅުގަނޑު ތަކުރާރުކޮށް ދަންނަވާފައިވާ ފަދައިން ބޭންކަށް ވިއްކޭނީ ބޭންކަށް ގަންނަން ލިބޭ ބޭރު ފައިސާއެއް."
" މިއަހަރުތެރޭ ކަސްޓަމަރުން އަތުން ބޭންކަށް ގަންނަން ލިބުނީ ގާތްގަނޑަކަށް 60 މިލިއަން ޑޮލަރު. އެހެން ނަމަވެސް ކާޑުތަކުން ކުރެވުނު މުއާމަލާތްތަކުގެ އަދަދު މީގެ ތިން ގުނަ ބޮޑު. ކާޑު ބޭނުންކުރާ މިންވަރު އިތުރުވުމަކީ ވިޔަފާރިތަކަށް ބޭންކުން ދޫކުރާ ބޭރު ފައިސާގެ އަދަދު ނުހަނު ބޮޑު މިންވަރަކަށް ދަށްވެގެންދާކަމެއް. ތަފާސްހިސާބަށް ބަލާއިރު ކާޑުތައް ބޭނުންކޮށްގެން މައިގަނޑުކޮށް ކުރާ ދަތުރުތަކާއި އޮންލައިން ވިޔާފާރިތަކަށް ވުރެ އިގްތިސާދީ މުހިންމު ހަރަކާތްތަކަށް ބޭންކުން ހޭދަކުރާ ބޭރު ފައިސާގެ މިންވަރު %75 ދަށް."
ކާރލް ވިދާޅުވީ " ބޭންކުގެ އެންމެ މަތީ މަސްލަހަތަކީ ޑިޕޮސިޓަރުންނަށް ރައްކާތެރިކަން ދިނުން. ބޭންކަށް ގަންނަން ނުލިބޭ އަދަދެއް ބޭންކަށް ނުވިއްކޭނެ. ބީއެމްއެލް އިން ދޫކޮށްފައިވާ ޑޮލަރު ކްރެޑިޓް ކާޑުންނާއި ޑެބިޓް ކާޑެއް ބޭނުންކޮށްގެން ޑޮލަރު އެކައުންޓުން ކުރިއެކޭ އެއްގޮތަށް އެކައުންޓްގައި ޑޮލަރު ހުރި މިންވަރަކަށް ކަސްޓަމަރުންނަށް މުއާމަލާތްތައް ކުރެވޭނެ. މަހުން މަހަށް ކެނޑޭ ބޭރުގެ މުއާމަލާތްތައް މެދު ނުކެނޑި ހިންގުމަށްޓަކައި ކަސްޓަމަރުންގެ ޑެބިޓް ކާޑުގެ ޕްރައިމަރީ އެކައުންޓް ޑޮލަރު އެކައުންޓަށް ބަދަލުކުރުމަށް އިލްތިމާސްކުރަން. އަޅުގަނޑުމެންނާއެކު އެކައުންޓެއް ހުޅުވުމަކީ ފަސޭހަ ކަމެއް - ބްރާންޗަކަށް ޒިޔާރަތް ނުކޮށް ކަސްޓަމަރުންނަށް އިންޓަރނެޓް ނުވަތަ މޯބައިލް ބޭންކިންގ މެދުވެރިކޮށް ވަގުތުން ޔޫއެސްޑީ އެކައުންޓެއް ހުޅުވޭނެ."
އޭނާ އިތުރަށް ވިދާޅުވީ " ބޭންކުން މިއަދު ގެނެވުނު ބަދަލަކީ ކަސްޓަމަރުންނަށް ނުހަނު ބޮޑު އަސަރެއްކުރާނެ ބަދަލެއްކަން އަޅުގަނޑު ގަބޫލުކުރާ ހިނދު މިއީ މުހިންމު އިގްތިސާދީ ހަރަކާތްތަކަށް ބޭނުންވާ ބޭރުފައިސާ މެދުނުކެނޑި ފޯރުކޮށްދިނުމަށްޓަކައި މިވަގުތުގެ ހާލަތަށް ބަލައި ބޭންކުން ކޮންމެހެން އަޅަންޖެހުނު ފިޔަވަޅެއް."