Bank of Maldives today conducted breast, oral and prostate cancer screening for staff. Held today in partnership with Cancer Society of Maldives, more than 100 staff screened for cancer.
The Bank has been regularly conducting screening sessions for staff and advocating the importance of regular examinations to ensure early detection.
As part of the partnership with CSM, this November BML supported to conduct cancer awareness and screening programs in Noonu Atoll.
Bank of Maldives has been supporting the annual Pink Ribbon Run-Walk since 2016 to raise awareness on breast cancer and early detection.
ބޭންކް އޮފް މޯލްޑިވްސް އިން މުވައްޒަފުންނަށް އުރަމަތީގެ ކެންސަރާއި އަނގައިގެ ކެންސަރާއި ޕްރޮސްޓޭޓް ކެންސަރަށް ސްކްރީން ކުރުމުގެ ޕްރޮގްރާމެއް މިއަދު ބާއްވައިފިއެވެ. ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް އާ ގުޅިގެން ބޭއްވުނު މި ސްކްރީނިންގައި 100 އަށް ވުރެ ގިނަ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.
ބޭންކުން ދަނީ ގަވައިދުން މުވައްޒަފުންނަށް ކެންސަރ ސްކްރީން ޕްރޮގްރާމް ބާއްވައި، ބަލިން ރައްކާތެރިވުމަށް ޓެސްޓު ކުރުމާއި ބަލި ޖެހުމުގެ ކުރިން ދެނެގަތުގެ މުހިންމުކަން މުވައްޒަފުންނަށް ކިޔާދީ ބާރުއަޅަމުންނެވެ.
މި ޕާރޓްނާޝިޕް ގެ ދަށުން ސީއެސްއެމް އާއެކު ބޭންކުން ވަނީ މި ނޮވެންބަރު މަހު ކެންސަރަށް ސްކްރީންކުރުމާއި ކެންސަރަށް މީހުން ހޭލުންތެރި ކުރުމަށް ނ. އަތޮޅުގެ ރަށްތަކުގައި ޕްރޮގްރާމްތަކެއް ހިންގާފައެވެ.
2016 ވަނަ އަހަރުން ފެށިގެން ކެންސަރަށް މީހުން ހޭލުންތެރިކުރުވުމަށާއި ބަލިން ރައްކާތެރިވުމަށް ދުރާލާ ޓެސްޓު ކުރުމަށް ބާރުއެޅުމަށް ބޭންކް އޮފް މޯލްޑިވްސް އިން ދަނީ ޕިންކް ރިބަން ރަން-ވޯކް އަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.