Bank of Maldives in partnership with Cancer Society of Maldives has successfully concluded this year’s ‘Pink Ribbon Run Walk’. The event took place this evening in Hulhumale’ and islands across Maldives.
Through the Bank’s financial support, CSM continues to carry out initiatives to increase cancer awareness and provide psychosocial support to cancer patients and their families. The Bank will also be supporting CSM hold cancer screening programs in selected islands.
Bank of Maldives has been supporting CSM and the Pink Ribbon Run-walk since 2016.
ބޭންކް އޮފް މޯލްޑިވްސް އާއި ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް ގުޅިގެން ބޭއްވި "ޕިންކް ރިބަން ރަން ވޯކް" ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. ގިނަ އަދަދެއްގެ ބައިވެރިންނާއެކު މިއަދު ހަވީރު ހުޅުމާލެ އަދި ރާއްޖޭގެ ރަށްތަކުގައި މި ހަރަކާތްވަނީ ކުރިޔަށް ގެންގޮސްފައެވެ.
ބޭންކް އޮފް މޯލްޑިވްސް ގެ މާލީ އޭހީތެރިކަމާއެކު، ކެންސަރަށް ހޭލުންތެރިކަން އިތުރުކުރުމަށާއި ކެންސަރު ބަލީގައި ފަރުވާ ހޯދަމުންދާ ފަރާތްތަކާއި އެފަރާތްތަކުގެ އާއިލާތަކަށް ފޯރުކޮށްދެމުންދާ ސައިކޯސޯޝަލް ސަޕޯޓުގެ ހިދުމަތްތަކަށް އެހީވުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ސީއެސްއެމް އިން އަންނަނީ ކުރަމުންނެވެ. މީގެ އިތުރުން އެ ޖަމިއްޔާއިން އަތޮޅުތެރޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ސްކްރީނިންގ ޕްރޮގްރާމަށްވެސް ބޭންކުން އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
2016 ވަނަ އަހަރުން ފެށިގެން ބޭންކް އޮފް މޯލްޑިވްސް އިން ދަނީ ސީއެސްއެމް އަދި ޕިންކް ރިބަން ރަން-ވޯކް އަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.