Bank of Maldives has partnered with Maldives Blood Service to organize a blood donation camp. BML announced to host blood donation camps for staff on a quarterly basis in 2021 to meet the demand of blood for transfusions required by Thalassemia patients.
46 staff joined to donate blood. During the first two quarter of this year, over 60 staff and their family members donated blood during the donation camps.
The bank aims to create awareness among staff about social issues and encourage them to participate in activities benefiting the community.
ބޭންކް އޮފް މޯލްޑިވްސް އިން މޯލްޑިވްސް ބްލަޑް ސަރވިސަސް އާ ގުޅިގެން ލޭ ހިދިޔާ ކުރަން ކޭމްޕެއް މިއަދު ބާއްވައިފިއެވެ. ތެލެސީމިއާ ކުދިންނަށް ލޭ ބޭނުންވާ މިންވަރަށް ބަލައި، ދެމެހެއްޓެނިވި ގޮތެއްގައި ލޭ ހަދިޔާކުރުމުގެ މުހިންމު ބޭނުމުގައި ކޮންމެ ތިންމަހަކުން އެއް ފަހަރު މުވައްޒަފުންނަށް އަމާޒުކޮށް ލޭ ހަދިޔާކުރުމުގެ ކޭމްޕް ބޭއްވުމަށް 2021 ވަނަ އަހަރު ބޭންކުން ވަނީ ނިންމާފައެވެ.
46 މުވައްޒަފަކު ވަނީ ލޭ ހަދިޔާކޮށްފައެވެ. މިއަހަރުގެ ފުރަތަމަ ދެ ކުއާޓަރ ގައި 60 އަށް ވުރެ ގިނަ މުވައްޒަފުންނާއި އެފަރާތްތަކުގެ އާއިލާއިން ވަނީ ލޭ ހަދިޔާކޮށްފައެވެ.
ބޭންކުގެ އަމާޒަކީ މުވައްޒަފުން އިޖްތިމާއީ ކަންކަމަށް ހޭލުންތެރި ކުރުވުމާއި މުޖުތަމައަށް ފައިދާ ކުރަނިވި ހަރާކާތްތަކުގައި ބައިވެރިވުން އިތުރުކުރުމެވެ.