As a further step to protect customers and in addition to sending new login alerts, the Bank has today enabled email alerts for all failed login attempts on Internet or Mobile Banking. An additional email alert will also be sent if Internet or Mobile Banking is disabled following three consecutive failed login attempts.
These notifications have been enabled to ensure customers are aware of any attempts to login to their Internet or Mobile Banking, and will be sent to registered email addresses. If any unusual login activity is noticed, customers are advised to change passwords immediately under Settings.
Internet and Mobile Banking Username and Passwords must not be shared with anyone. Customers are advised to change passwords regularly and to ensure strong passwords are always used.
BML has taken several steps to protect customers from scams. Earlier this week, the Bank enabled One Time Password (OTP) for all Scan to Pay payments. The Bank also introduced authenticator apps to generate OTPs, disabling email as a default OTP channel and began sending login alerts as well as push notifications for all Internet and Mobile Banking transactions.
Scams evolve over time and the Bank will continue its efforts to protect customers and introduce additional security features over the coming weeks. We urge everyone to be aware of common scam tactics and never share personal information with anyone.
ކަސްޓަމަރުންގެ ރައްކާތެރިކަމަށް އަޅާ އިތުރުފިޔަވަޅެއްގެ ގޮތުން މިއަދުން ފެށިގެން އިންޓަރނެޓް ބޭޏްކިންގ އަދި މޮބައިލް ބޭންކިންގ އަށް ލޮގިންކުރަން މަސައްކަތްކޮށް ނުވަދެވޭ ހާލަތްތަކުގައި ނޮޓިފިކޭޝަން ލިބޭ ގޮތަށް ހަމަޖައްސައިފިއެވެ. މިއީ މިހާރުވެސް ލޮގިން ކުރާ އިރު ފޮނުވާ އެލަރޓްގެ އިތުރުން ކަސްޓަމަރުންނަށް ލިބޭނެ ނޮޓިފިކޭޝަނެކެވެ. އަދި މީގެ އިތުރުން އިންޓަރނެޓް އަދި މޮބައިލް ބޭންކިންގ އަށް ޖެހިޖެހިގެން ތިން ފަހަރު ވަންނަން މަސައްކަތްކޮށް ލޮގިން ނުވެވިއްޖެނަމަ މި ހިދުމަތް މެދުކެނޑޭ ހާލަތްތަކުގައި އީމެއިލް މެދުވެރިކޮށް ކަސްޓަމަރުންނަށް އެލަރޓް ލިބޭނެއެވެ.
މި ނޮޓިފިކޭޝަންތައް ކަސްޓަމަރުންނަށް ފޮނުވަނީ އިންޓަރނެޓް އަދި މޮބައިލް ބޭންކިންގ އަށް ވަންނަން މަސައްކަތްކުރާ ހާލަތެއްގައި ކަސްޓަމަރުންނަށް އެކަމުގެ މައުލޫމާތު ދިނުމުގެ ގޮތުންނެވެ. މިހާލަތްތަކުގައި އީމެއިލް ފޮނުވާނީ ބޭންކުގައި ރަޖިސްޓްރީކޮށްފައިވާ އީމެއިލް އެޑްރެހަށެވެ.
އިންޓަރނެޓް އަދި މޮބައިލް ބޭންކިންގ ޔޫސަރނޭމާއި ޕާސްވޯޑް އެއްވެސް ފަރާތަކާ ހިއްސާ ނުކުރުމަށް އިލްތިމާސްކުރަމެވެ. އަދި ދޭތެރެދޭތެރެއިން ޕާސްވޯޑް ބަދަލުކޮށް އަބަދުވެސް ވަރުގަދަ ޕާސްވޯޑެއް ބޭނުންކުރުމަށް އެދެމެވެ.
ސްކޭމްތަކުން ކަސްޓަމަރުން ރައްކާތެރިކުރުމަށް ބޭންކުންވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. މި ހަފްތާގެ ކުރީކޮޅު ބޭންކުންވަނީ ސްކޭންކޮށްގެން ޕޭމަންޓް ހަދާ ހުރިހާ މުއާމަލާތަކަށް ވަން ޓައިމް ޕާސްވޯޑް( އޯޓީޕީ) ޖަހަންޖެހޭ ގޮތަށް ހަމަޖައްސާފައެވެ. އަދި މީގެ އިތުރުން އޯޓީޕީ ޖެނެރޭޓްކުރުމަށް އޮތެންޓިކޭޓަރ އެޕް ތައާރަފްކުރުމާއި އޯޓީޕީ ފޮނުވާ ޑިފޯލްޓް ޗެނަލެއްގެ ގޮތުގައި އީމެއިލް ހުއްޓާލުމާއި ލޮގިންކުރާ ހާލަތްތަކުގައި އެލަރޓް ފޮނުވުމާއި އިންޓަރނެޓޭ އަދި މޮބައިލް ބޭންކިންގެ ހުރިހާ މުއާމަލާތަކަށް ޕުޝް ނޮޓިފިކޭޝަން ފޮނުވުން ހިމެނެއެވެ.
ސްކޭމްތައް ހިންގާ ފަރާތްތަކުން އެމީހުންގެ އުކުޅުތައް އެކި ދުވަސްވަރު އެކި ގޮތްގޮތަށް ބަދަލަކުރަމުން އަންނައިރު، ކަސްޓަމަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ބޭންކުން މެދުނުކެނޑި މަސައްކަތްތައް ކުރަމުންދާނެއެެވެ. ސެކިއުރިޓީ ފީޗަރސްތައް އިތުރަށް ހަރުދަނާ ކުރުމަށް އަޅަމުންދާ ފިޔަވަޅުތަކެއް ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި ތައާރަފްކުރާނެއެވެ. ބޭންކުން ކަސްޓަމަރުންގެ ފަރާތުން ތަކުރާރުކޮށް އެދެނީ ސްކޭމް އުކުޅުތައް ދެނެގަނެ ޒާތީ މައުލޫމާތު އެއްވެސް ފަރާތަކާ ހިއްސާ ނުކުރުމަށެވެ.