At a special event held at Crossroads tonight to celebrate its 40th Anniversary, Bank of Maldives’ (BML) Chairperson, Yooshau Saeed addressed the invitees and highlighted the Bank’s pivotal role in the Maldives and its impact on individuals, businesses, and communities alike.
The Chairperson reflected on the Bank’s operations when it began in 1982 with just 10 employees dedicated to raising public awareness on general banking, travelling to the atolls to ensure accessible services. While the Bank has developed to be the biggest bank in the country with the widest banking footprint, largest investment in the industry and the biggest financial sector employer, it began its journey by financing projects to sustain the economic landscape of the country.
Its vibrant journey has seen significant milestones achieved but it has not been without challenges. During turbulent times such as the mid-2000’s financial crisis and the recent pandemic, the Bank stood as a pillar of support to the economy. Yooshau highlighted that the Bank’s financial strength and robust presence played a pivotal role in keeping the economy afloat during the uncertainty of Covid-19. It was the Bank’s top priority to ensure uninterrupted essential banking services, provide immediate support to help individuals and businesses weather the storm and together with the government, secure financing support from international funding agencies.
The Chairperson also spoke on the importance of bringing positive changes to the Bank’s products and services. At the event, he announced the reduction in interest rate of the Bank’s student loan. “BML Kiyavaa Loan is an opportunity for students to further their studies and I am pleased to share that we will be reducing its interest rate from 9% to 5% with effect from 1st February. This positive change will be extended to all Kiyavaa Loans, including all existing loans.”
Over the past 40 years of the Bank, Yooshau highlighted the many services BML first launched in the country, saying “All modern financial services that Maldivians are accustomed to have been introduced by BML, from ATMs to card services, internet banking, POS machines and cashless payment methods. With our exceptional reach and presence in the lives of every individual, we are also under continuous scrutiny. I assure our customers of our continued focus on improving, adapting to, and meeting your needs, and in the year ahead, the Bank will prioritize digital solutions to ensure the Bank remains your bank of choice.”
With a nationwide network of 35 branches across all 20 atolls, 82 Self Service Banking Centres, 140 ATMs, over 200 agents and a full suite of Digital Banking services, Bank of Maldives is committed to supporting individuals, businesses and communities across Maldives.
ބޭންކް އޮފް މޯލްޑިވްސްގެ 40 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް ކްރޮސްރޯޑްސްގައި މިރޭ ބޭއްވުނު ހަފްލާގައި ބޭންކުން ދިވެހިރާއްޖޭގައި އަދާކުރާ މުހިންމު ދައުރާއި އަމިއްލަ ފަރުދުންނާއި، ވިޔަފާރިތަކާއި މުޖުތަމައުއަށް ބޭންކުން ގެނެސްދެމުންދާ ހެޔޮ ބަދަލަށް އަލިއަޅުއްވާލައްވާ ބޭންކުގެ ޗެއަރޕާސަން ޔޫޝަޢު ސަޢީދު ވާހަކަފުޅުދައްކަވައިފިއެވެ.
ޗެއަރފާސަން ވަނީ ބޭންކުގެ އޮޕްރޭޝަންސްތައް ފެށުނު ދުވަސްވަރުގެ ހާލަތާ ގުޅޭ ގޮތުން ވާހަކަފުޅުދައްކަވާފައެވެ. މި ގޮތުން 1982 ވަނަ އަހަރު އެންމެ 10 މުވައްޒަފުންނާއެކު ބޭންކުގެ އޮޕަރޭޝަންތައް ފަށައި، ބޭންކިންގ ހިދުމަތްތަކަށް އާންމު ފަރުދުން ހޭލުންތެރިކުރުވައި، ބޭންކިންގ ހިދުމަތް ފޯރުކޮށްދިނުމަށް އަތޮޅުތަކަށް ކުރި ދަތުރުތަކަށްވަނީ އަލިއަޅުއްވާލައްވާފައެވެ. މިވަގުތު ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ފުޅާދާއިރާއަކަށް ބޭންކިންގ ހިދުމަތް ފޯރުކޮށްދޭ، އެންމެ ފުޅާދާއިރާއެއްގައި އިންވެސްޓްމަންޓް ކުރަމުންދާ، އަދި މާލީދާއިރާގައި އެންމެ ގިނަ ވަޒީފާގެ ފުރުސަތު ފަހިކޮށްދޭ ބޭންކުގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް އޮތް އިރު، ބޭންކުން މިދަތުރު ފަށާފައިވަނީ ދެމެހެއްޓެނިވި ގޮތެއްގައި އިގްތިސާދު ހިފެހެއްޓުމަށް ޕްރޮޖެކްޓްތަކަށް ފައިނޭންސްކޮށްދީގެންނެވެ.
ބޭންކުގެ މި ކާމިޔާބީ ދަތުރުގައި ގިނަ ލަނޑުދަނޑިތަކެއް ހާސިލްކޮށްފައިވަނީ ގޮންޖެހުންތަކާއެކުވެސްމެއެވެ. ދެހާހުގެ އަހަރުތަކުގެ މެދުތެރޭގައި، ދިމާވި ފައިނޭންޝަލް ކްރައިސިސް އާއި، ދާދި ފަހުން ކުރިމަތިވި ކޮވިޑްގެ ބަލިމަޑުކަމުގައިވެސް، ބޭންކުން ދައްކުވައިދިނީ ކޮންމެ ފަދަ ހާލަތެއްގައިވެސް ދިވެހި އިގްތިސާދަށް އެހީތެރިވުމަށް މި ބޭންކް ތައްޔާރަށް އޮތް މިންވަރެވެ. ޔޫޝަޢު ވަނީ ކޮވިޑް-19ގެ ދަތި އުނދަގޫ ހާލަތުގައިވެސް، ބޭންކުގެ ހަރުދަނާ މާލީ ހާލަތާއި ބޭންކުން އެޅި ފިޔަވަޅުތަކާއެކު ދިވެހި އިގްތިސާދު ނެގެހެއްޓުމަށްޓަކައި ބޭންކުން އަދާކޮށްދިން މުހިންމު ދައުރުވެސް ހާމަކުރައްވާފައެވެ. ބޭންކުން މިހާލަތުގައި އެންމެ އިސްކަމެއް ދިނީ އަސާސި ބޭންކިންގ ހިދުމަތްތައް މެދުނުކެނޑި ލިބޭނެގޮތް ހަމަޖެއްސުމާއި، އާންމު ފަރުދުންނާއި ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށާއި ސަރުކާރާ ގުޅިގެން ރާއްޖޭން ބޭރުގެ އިދާރާތަކުން ފަންޑިން ހޯދުމަށެވެ.
ޗެއަރޕާސަންވަނީ ބޭންކުން ދެމުންދާ ހިދުމަތްތަކަށް ހެޔޮ ބަދަލު ގެނައުމުގެ މުހިންމުކަމާ ގުޅޭގޮތުންވެސް ވާހަކަފުޅު ދައްކަވާފައެވެ. މިގޮތުން ބޭންކުން ދޫކުރާ ކިޔަވާ ލޯނުގެ އިންޓަރެސްޓް ރޭޓް ދަށްކުރުމަށް ނިންމާފައިވާކަން ވަނީ ހާމަކުރައްވާފައެވެ.
"ބީއެމްއެލް ކިޔަވާ ލޯނަކީ ދަރިވަރުންނަށް މަތީ ތަޢުލީމު ހޯދުމަށް ލިބިގެންދާ ފަހި ފުރުސަތެއް. 1 ފެބްރުވަރީ އިން ފެށިގެން ކިޔަވާ ލޯނުގެ އިންޓަރެސްޓް 9 އިންސައްތައިން 5 އިންސައްތައަށް ދަށްކުރެވިގެންދާނެކަން އުފަލާއެކު ފާހަގަކޮށްލަން. މި ބަދަލާއެކު، ކުރިން ނަގާފައިވާ، ބީއެމްއެލް ކިޔަވާ ލޯނުތަކުގެ ރޭޓްވެސް، 5 އިންސައްތައް އަށް ބަދަލުވެގެންދާނެ."
ފާއިތުވި 40 އަހަރުތެރޭގައި ރާއްޖެއަށް މުޅިން އަލަށް ތައާރަފްކުރި ހިދުމަތްތަކަށް އަލިއަޅުވާލަމުން ޔޫޝަޢު އިތުރަށް ވިދާޅުވީ "ދިވެހިންގެ މެދުގައި މަގުބޫލު އަދި މާލީ ދާއިރާގައި އެހިދުމަތްތަކަކަށް އާންމުން މިހާރު އަހުލުވެރިވެފައިވާ ގިނަ ހިދުމަތްތަކަކީ ބޭންކުން ފުރަތަމަ ތައާރަފްކުރި ހިދުމަތްތަކެއް. އޭޓީއެމް އިން ފެށިގެން ކާޑުގެ ހިދުމަތްތަކާއި، އިންޓަރނެޓް ބޭންކިންގ، ޕީއޯއެސް މެޝިން އަދި ނަގުދު ފައިސާއާ ނުލާ ދެވޭ ހިދުމަތްތައް ހިމެނޭ. އަޅުގަނޑުމެންގެ ވިއުގަ ފުޅާވުމާއެކު ކޮންމެ ފަރުދެއްގެ ދިރިއުޅުމާވެސް މިވަނީ ގުޅިފަ. އެހެންކަމުން އަޅުގަނޑުމެންނަށް އަމާޒުވާ ފާޑުކިޔުންތައްވެސް އިތުރުވޭ. އަޅުގަނޑު މި ފުރުސަތުގައި ކަސްޓަމަރުންނަށް ޔަގީންކަން އަރުވަނީ ކަސްޓަމަރުން ބޭނުންވާފަދަ ހިދުމަތްތައް، އިތުރު ފުރިހަމަކަމާއެކު ދިނުމަށް ކުރިޔަށް އޮތްތާނގައި ކެނޑިނޭޅި މަސައްކަތްކުރަމުންދާނެކަން. މިގޮތުން ޑިޖިޓަލް ހިދުމަތްތަކަށް އިސްކަންދީ އެންމެހާ ކަސްޓަމަރުން އިހުތިޔާރުކުރާ ބޭންކުގެ ގޮތުގައި ދެމިއޮންނާނަން."
މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 35 ބްރާންޗް، 82 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 140 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.