Bank of Maldives has today announced the opening of the nature park in G.Dh. Hoadedhdhoo with the support of the Bank’s Community Fund. Dhigemahkoda Nature Park is located on the North East wetland area of the island. The project, initiated by Hoadedhoo Sports, focuses on encouraging visitors to experience the natural beauty of the area and increase awareness on the importance of protecting the environment for future generations.
As part of this project, an 85 feet walkway and a viewing platform was built in addition to benches and a BBQ area. An area to cut fish and dustbins for proper waste management was also established while work was done to green the area further.
Commenting on the project, winner of the proposal Mahdhoon Adam stated “During the project, our main focus was to carry out the work without damaging the beauty of the area. The area will serve not only the community of Hoadedhdhoo but also the community of Madaveli, which is connected by a causeway. We thank all the people of Hoadedhdhoo who supported this project.”
Community Fund is a program to empower individuals and NGOs to contribute to their communities through sustainable projects.
އަހަރެންގެ ބޭންކު ކޮމިއުނިޓީ ފަންޑުގެ ދަށުން ގދ. ހޯނޑެއްދޫގައި ނޭޗަރ ޕާކެއް ތަރައްގީކޮށްފިއެވެ. ހޯނޑެއްދޫގެ އިރު އުތުރު ޗަސްބިން ސަރަހައްދުގައި ދިގެމައްކޮޑަ ގެ ނަމުން ނަންދެވިފައިވާ މި ނޭޗަރ ޕާކް ވަނީ މިއަދު ހުޅުވާފައެވެ. މި ޕްރޮޖެކްޓް ހިންގާފައިވަނީ ހޯނޑެއްދޫ ސްޕޯޓްސް އިންނެވެ. މިއީ މި ސަރަހައްދުގެ ޤުދުރަތީ ރީތިކަން ޢާއްމުންނަށް ފަސޭހައިން ބަލާލައި ހިތްހަމަޖައްސާލާނެ މާޙައުލެއް ޤާއިމްކޮށްދިނުމުގެ އިތުރުން މިފަދަ ގުދުރަތީ ރީތިކަން އަންނަން އޮތް ޖީލުތަކާ ހަމަޔަށް ރައްކާތެރިކުރުމުގެ މުހިންމުކަމާ ގުޅޭ ގޮތުން އާންމުން ހޭލުންތެރިކުރުވުމުގެ މަގްސަދުގައި ހިންގުނު ޕްރޮޖެކްޓެކެވެ.
މި ޕްރޮޖެކްޓްގެ ދަށުން ވަނީ މި ސަރަހައްދުގައި 85 ފޫޓުގެ ދިގު ވޯކްވޭއެއްގެ އިތުރުން ވިއުވިންގ ޕްލެޓްފޯމެއް ގާއިމްކޮށްފައެވެ. މީގެ އިތުރުން މި ސަރަހައްދުގައި ބެންޗް ބަހައްޓައި، ބާބަކިއު ހެދޭނެ އިންތިޒާމްވެސް ވަނީ ހަމަޖައްސާފައެވެ. މި ސަރަހައްދުގައި ވަނީ މަސްކެނޑުމަށް ހާއްސަ ތަނެއް ގާއިމްކޮށް، މި ސަރަހައްދަށް ޖަމާވާ ކުނި ނައްތާލުމަށް ޑަސްބިން ބަހައްޓާފައެވެ. އަދި ވަކިން ހާއްސަކޮށް މި ސަރަހައްދުވަނީ އިތުރަށް ފެހިވެސް ކޮށްފައެވެ.
ކޮމިއުނޓީ ފަންޑުގެ ދަށުން މި ޕްރޮޕޯސަލް ކާމިޔާބު ކުރި މަހްދޫން އާދަމް ވިދާޅުވީ " މި ޕްރޮޖެކްޓް ހިންގުމުގައި އަޅުގަނޑުމެން އެންމެ އިސްކަމެއްދިނީ މި ސަރަހައްދުގެ ގުދުރަތީ ރީތި ކަމަށް ބަދަލު ނާންނާނެހެން އަދި ހަމައެހެންމެ އެއްވެސް ގެއްލުމެއް ނުލިބޭނެހެން މަސައްކަތްތައް ކުރިއަށް ގެންދިޔުމަށް. މި ސަރަހައްދަކީ ހޯނޑެއްދޫގެ ރައްޔިތުންގެ އިތުރުން ކޯސްވޭއަކުން ގުޅާލެވިފައިވާ މަޑަވެލީގެ ރައްޔިތުންނަށްވެސް ބޭނުން ކުރެވޭނެހެން ތަރައްގީކޮށްފައިވާ ސަރަހައްދެއް. އަޅުގަނޑުމެންގެ އުއްމީދަކީ މި ތަނުގެ ފައިދާ ދެ ރަށުގެ ރައްޔިތުންނަށްވެސް ލިބިގެންދިޔުން. މި މަސައްކަތުގައި ބައިވެރިވި ހޯނޑެއްދޫގެ އެންމެހާ ރައްޔިތުންނަށް ޝުކުރު ދަންނަވަން."
އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކާއި ތައުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ.