Bank of Maldives has today announced the 10 winning proposals for the final phase of 2020 as part of its “Aharenge Bank Community Fund’, a nationwide campaign to empower individuals and NGOs to contribute to society by conducting sustainable community projects.
The winning ten projects are:
“We received a number of great proposals for Aharenge Bank Community Fund this quarter. Our gratitude and thanks goes to the individuals and NGOs for initiating these projects and working tirelessly to deliver it. We are happy to support and be a part of the success of these projects” commented BML’s Manager of Public Relations Mohamed Saeed.
Community Fund is a program to empower individuals and NGOs to contribute to their communities through sustainable projects. The bank has provided funding for projects in 40 islands across the country under this fund as of now.
އަމިއްލަ ފަރުދުންނާއި ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ދެމެހެއްޓެނިވި ގޮތެއްގައި ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީވުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް ހިންގާ 'އަހަރެންގެ ބޭންކް ކޮމިނިއުޓީ ފަންޑު'ގެ ދަށުން 2020 ވަނަ އަހަރުގެ ފަހު ފިޔަވަހީގައި ހުށަހެޅުނު ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު 10 ޕްރޮޖެކްޓް ހޮވައިފިއެެވެ. މި ގޮތުން ހޮވުނު ދިހަ ޕްރޮޖެކްޓަކީ:
1. ށ. ގޮއިދޫގެ މަގުތަކުގައި ސޯލާ ލައިޓް ހަރުކުރުން –- އިބްރާހިމް ނިޝާމް އަހުމަދު
2. ރ. ފައިނުގައި ލައިބްރަރީއެއް ތަރައްގީ ކުރުން –- ފައިނު އެސޯސިއޭޝަން ފޯ ކޮމިއުނިޓީ އެންޑެވަރސް
3. ބ. އޭދަފުށީގައި ކޮމިއުނިޓީ ޕާކެއް ތަރައްގީ ކުރުން –- ވެސްޓް ވިންގްސް އޭދަފުށި
4. ޅ. ކުރެންދޫގައި ކޮމިއުނިޓީ ފެސިލިޓީ ތަރައްގީ ކުރުން - ކުރެންދޫ އެންވަޔަރަމަންޓް އެޑިޔުކޭޝަން ސްޕޯރޓްސް އެސޯސިއޭޝަން (ކީސާ)
5. ހުޅުމާލޭގައި ކުޑަކުދިން ފޮތް ކިޔުމަށް ހާއްސަ ތަނެއް ތަރައްގީ ކުރުން –- ޗިލްޑްރަން އޮފް މޯލްޑިވްސް
6. އއ. ބޮޑުފުޅަދޫގައި މަސްކަނޑަން ހާއްސަ ތަނެއް ގާއިމް ކުރުން - ރިވަލޫޝަނަރީ ބޮޑުފުޅަދޫ ޖެނެރޭޝަން
7. އއ. ތޮއްޑޫގައި ފޮތް ކިޔާ ޕާކެއް ގާއިމް ކުރުން –- އާދަމް އަފްސަލް
8. ލ. ފޮނަދޫގައި ކޮމިއުނިޓީ ގާޑަންއެއް ތަރައްގީ ކުރުން - ފޮނަދޫ އެންވަރަމެންޓް އެންޑް ސަސްޓެއިނަބިލިޓީ ޑިވަލޮޕްމަންޓް
9. ގދ. ގައްދޫގައި ވޭސްޓް މެނޭޖްމަންޓް ސިސްޓަމެއް ގާއިމްކޮށްދިނުން- ސާސްޓްރާ ކޮމުއުނިޓީ
10. ގދ. ހޯޑެއްދޫގައި ނޭޗަރ ޕާކް ތަރައްގީ ކުރުން –- ހޯޑެއްދޫ ސްޕޯޓްސް
"އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް މިފަހަރުވެސް ރާއްޖޭގެ އެކި ރަށްރަށުގައި ހިންގުމަށް ވަރަށް ރަނގަޅު ގިނަ ޕްރޮޕޯސަލްތަކެއް ލިބިގެންދިޔަ. ޖަމިއްޔާތަކުންނާއި އާންމު ފަރުދުންގެ ފަރާތުން ރަށްރަށަށް ބޭނުންތެރި މިފަދަ ޕްރޮޖެކްޓްތައް ކަރުދާހަށް ގެންނަވައި އަމަލީ މަސައްކަތް ނިންމެވުމަށް ކުރައްވާ ބުރަ މަސައްކަތްތައް ފާހަގަކޮށް އެފަރާތްތަކަށް ޝުކުރު ދަންނަވަން. އަދި މި ޕްރޮޖެކްޓްތައް ކާމިޔާބުކަމާއެކު ނިންމާލުމުގައި ބައިވެރިވެވޭކަމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއްވެސްމެ." ބީއެމްއެލްގެ މެނޭޖަރ ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު ވިދާޅުވިއެވެ.
މިދިޔަ އަހަރު ބޭންކުން ތައާރަފްކުރި މި ފަންޑުގެ ދަށުން މިހާތަނަށް ރާއްޖޭގެ 40 ރަށެއްގައި ޕްރޮޖެކްޓް ހިންގުމަށް މިވަނީ މާލީ އެހީތެރިކަން ފޯރުކޮށްދެވިފައެވެ.