With these new investments, Gaaf Alif atoll now has a branch and Self Service Banking in GA. Vilingili as well as six Self Service Banking ATM Centres in Kolamaafushi, Dhaandhoo, Maamendhoo, Nilandhoo, Gemanafushi and Koodoo; and cash agents in each inhabited island in the atoll.
BML’s CEO and Managing Director Tim Sawyer commented, “We’re in the midst of a global crisis that has severely affected the bank and the wider economy. However, we are committed to support local communities by providing banking services throughout the country and are pleased to support the community of Gaafu Alifu atoll with the introduction of ATM Centres in two different islands. The new ATMs will benefit the people and businesses of the island and ensure convenient banking services are widely accessible.”
Bank of Maldives encourages customers to use Internet and Mobile Banking for everyday banking, and opt for convenient online payment methods including MobilePay. With a nationwide network of 38 branches across all 20 atolls, 55 Self Service Banking Centres, 116 ATMs, 277 agents and a full suite of Digital Banking services, Bank of Maldives is committed to supporting individuals, businesses and communities across Maldives.
ބޭންކް އޮފް މޯލްޑިވްސް އިން އަތޮޅުތެރޭގައި ކުރަމުންދާ އިންެވެސްޓްމަންޓް އިތުރަށް ފުޅާކުރުމުގެ ގޮތުން ގއ. މާމެންދޫ އަދި ގއ. ނިލަންދޫގައި ސެލްފް ސަރވިސް އޭޓީއެމްގެ ޚިދުމަތް ތައާރަފްކޮށްފިއެވެ. މި ޚިދުމަތް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ޖަމާކުރުމާއި، ފައިސާ ދެއްކުމާއި ޓްރާންސްފަރ ކުރުމުގެ ޚިދުމަތް ލިބިގެންދާނެއެވެ.
މި ފެށުނު އޭޓީއެމް ޚިދުމަތާއެކު މިވަގުތު ގއ. އަތޮޅު ވިލިނގިލީގައި ބްރާންޗް އަދި ސެލްފް ސަރވިސް ބޭންކިންގ ޚިދުމަތް މިދަނީ ދެވެމުންނެވެ. މީގެ އިތުރުން ގއ. އަތޮޅުގެ 6 ރަށެއްގައި މިވަނީ ސެލްފް ސަރވިސް އޭޓީއެމް ސެންޓަރތައް ގާއިމްކުރެވިފައެވެ. މި ރަށްތަކަކީ ކޮލަމާފުށި، ދާންދޫ، މާމެންދޫ، ނިލަންދޫ ،ގެމަނަފުށި، އަދި ކޫއްޑޫ އެވެ. އަދި ހަމައެހެންމެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ގާއިމްކޮށްފައިވާ ކޭޝް އޭޖެންޓް މެދުވެރިކޮށް ބީއެމްއެލް އިން ދަނީ ކަސްޓަމަރުންނަށް ފައިސާ ނެގުމުގެ ޚިދުމަތް ދެމުންނެވެ.
މިކަމާ ގުޅޭ ގޮތުން ބީއެމްއެލް ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ " އަޅުގަނޑުމެން މި ވަގުތު މި ތިބީ މުޅި ދުނިޔެއަށް މިހާރު ކުރިމަތިވެފައިވާ ހާދިސާ އާ ގުޅިގެން ބޭންކަށާއި އިޤްތިސާދަށް ވަރަށް ބޮޑު ގޮންޖެހުންތަކެއް ދިމާވެފައިވާ ވަރަށް ނާޒުކު ދަނޑިވަޅެއްގައި. މި ދަނޑިވަޅުގައިވެސް މުޅި ރާއްޖެއަށް ބޭންކިންގ ޚިދުމަތްފުޅާކުރުމަށް ކުރަމުންދާ މަސައްކަތްތައް އަޅުގަނޑުމެން މިދަނީ ކުރަމުން. މި ގޮތުން ރާއްޖޭގެ އެންމެ އާބާދީ ބޮޑު އެއް އަތޮޅުކަމަށްވާ ހުވަދު އަތޮޅުގެ އިތުރު ދެ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމްކުރެވޭކަމީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް. މި ދެރަށުގެވެސް އާންމު ފަރުދުންނަށާއި، ވިޔަފާރިތަކަށް ބޭންކިންގ ޚިދުމަތް ހޯދުމަށް މި އޭޓީއެމް ސެންޓަރތަކުގެ ސަބަބުން އިތުރު ލުއި ފަސޭހަކަމެއް ލިބިގެންދާނެ."
ބީއެމްއެލްގެ އިލްތިމާސަކީ ބޭންކިންގ ޚިދުމަތް ހޯއްދެވުމަށް އިންޓަރނެޓް އަދި މޮބައިލް ބޭންކިންގ ބޭނުންކުރެއްވުމެވެ. އަދި ފައިސާ ދެއްކެވުމަށް މޮބައިލްޕޭ ފަދަ ފަސޭހަ އޮންލައިން ޚިދުމަތްތައް ބޭނުންކުރެއްވުމެވެ. މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 38 ބްރާންޗް، 55 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 116 އޭޓީއެމް، 277 ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.